Wednesday, November 18
ޢަލީ ސަމީރު ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް މަޖިލީހުގެ ކޮމިޓީން ރުހުން ދީފި

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ސަމީރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ރުހުން ދީފިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މި ނިންމުން ނިންމީ ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަންނަ މަހު ރިޓަޔާކުރައްވާތީ ހުސްވާ މަގާމަށް ސަމީރުގެ އިތުރުން ކުރިމަތިލައްވާފައިވަނީ ހައި ކޯޓުގެ މިހާރުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ދިން ލަފާގެ މަތިން، ސަމީރުގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވީ މިއަދުއެވެ.

ޝަރުޢީ ދާއިރާގައި ގިނަ ދުވަސްތަކެއް ޚިދުމަތްކުރައްވާފައިވާ ސަމީރަކީ 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން އޭނާ ވަނީ މަދަނީ ކޯޓުގެ އިސްގާޒީކަން ވެސް ކުރައްވާފައެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމުން ވަކިވެވަޑައިގަތުމަށް ފަހު، ސަމީރު ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު