Wednesday, November 18
ހުރާގެ ކުޅީގައި ނޭޗާ ޕާކެއް ތަރައްގީކުރުމަށް ކައުންސިލުން ބަޔަކު ހޯދަނީ

ކ. ހުރާގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، ތިމާވެށްޓާ ރައްޓެހި ފަތުރުވެރިކަމާއި އިގްތިޞާދީ ފުރުޞަތުތައް ފަހިކުރުމުގެ މަޤްޞަދުގައި އެރަށުގެ ކުޅީގައި ނޭޗާ ޕާކެއް ތަރައްގީކުރުމަށް ނިންމައި، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުރާ ކައުންސިލުން އިޢުލާނުކޮށްފިއެވެ.

ހުރާ ކައުންސިލުން ހާމަކުރި ގޮތުގައި، މި މަޝްރޫޢަކީ އަމިއްލަ ތަކެތީގައި ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ބީލަން ހުށަހެޅުން އޮންނާނީ މި މަހުގެ 30 ވާ ހޯމަ ދުވަހުގެ މެންދުރު ހުރާ ކައުންސިލްގެ އިދާރާގައެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ އިޢުލާނާއެކު އާންމުކޮށްފައިވާ މަޢުލޫމާތު ޝީޓާ އެއްގޮތަށް، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މި މަޝްރޫޢާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކަށް، ކައުންސިލްގެ އީމެއިލް މެދުވެރިކޮށް ނުވަތަ 6640074 އަށް ގުޅައިގެން މަޢުލޫމާތު ހޯއްދެވޭނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު