Tuesday, November 17
ގަވާއިދާ ޚިލާފަށް އުޅުނު 13،000 ބިދޭސީން ތިން އަހަރުގެ ތެރޭގައި ޑީޕޯޓުކޮށްފި: ރައީސް

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅުނު 13،000 ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި "ހަފްތާ 156" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ ބިދޭސީންގެ ރެކޯޑު އަދަދެއް މި މުއްދަތުގެ ތެރޭގައި މިވަނީ ފޮނުވާލެވިފައި. ޖުމްލަ 13،000 ބިދޭސީން މިހާރު ވާނީ ޑީޕޯޓުކުރެވިފައި،" ރައީސް ވިދާޅުވިއެވެ.

ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތައް ދެނެގަނެ ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތާއި، ބިދޭސީންގެ މަޢުލޫމާތު އެއްކޮށް ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަމުންދާ ކަމަށާއި، ޤާނޫނާއި ޤަވާއިދުގެ ތެރެއިން ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު