Tuesday, November 17
ރަށްރަށަށް ބޭސް ފޯރުކޮށްދޭން ގެނައި ދެ ޑްރޯން ސްޓޭޓް ފާމާއާ ހަވާލުކޮށްފި

ރަށްރަށަށް ބޭސް ފޯރުކޮށްދިނުމަށް ބޭނުންކުރުމަށް ހެލްތު މިނިސްޓްރީން ޒަމާނީ ދެ ޑްރޯން ގެނެސް ސްޓޭޓް ފާމާއާ ހަވާލުކޮށްފިއެވެ.

ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު ވިދާޅުވީ، މިއީ ބެޓެރީން އޮޕަރޭޓްކުރާ ޑްރޯންތަކެއް ކަމަށެވެ. ކުއްލި ހާލަތްތަކުގައި ބޭހާއި އިންޖެކްޝަން ފަދަ ތަކެތި ރަށްރަށަށް ފޮނުވަން މިހާރު ކުރަން ޖެހޭ ބޮޑު ހޭދަ، ޑްރޯންތަކުގެ ސަބަބުން ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑރ. ޝާހް ވިދާޅުވި ގޮތުގައި މި ޑްރޯންތަކަކީ ވަރަށް ބޮޑަށް އޮޓޮމޭޓެޑް ވަސީލަތްތަކެކެވެ. ޖިއޯލޮކޭޝަން ޕްރޮގްރާމްކޮށްގެން ކަނޑައަޅާ ތަނަކަށް ވަރަށް ފުރިހަމަ ޕްރިސިޝަނާއެކު ޑްރޯންތައް ލޭންޑްކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑްރޯން މެދުވެރިކޮށް ބޭސް ފޯރުކޮށްދިނުމުގެ ޕައިލެޓް ޕްރޮޖެކްޓެއް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވެއެވެ.

ޕްރޮޖެކްޓް ފެށުމުގެ ކުރިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ހިމެނޭ ގޮތަށް ކަމާ ގުޅުންހުރި އިދާރާތަކާއެކު ގިނަ ބައްދަލުވުންތަކެއް ބާއްވައި މަޝްވަރާކޮށްފައިވާ ކަމަށް ވެސް ޑރ. ޝާހް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު