Tuesday, November 17
ޝަކުވާތައް ހުށަހަޅަން ރައީސް އޮފީހުން ޕޯޓަލެއް ތަޢާރަފުކޮށްފި

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް 24 ގަޑިއިރު ޚިދުމަތް ދޭނެ ޕޯޓަލެއް ރައީސް އޮފީހުން މިއަދު ތަޢާރަފުކޮށްފިއެވެ.

"ސިޓިޒަންސް ވޮއިސް" ގެ ނަމުގައި އުފައްދާފައިވާ މި ޕޯޓަލް ހިންގާނީ ރައީސް އޮފީހުގައި ޤާއިމުކޮށްފައިވާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ ދަށުންނެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މިވަގުތު ޕޯޓަލްގެ ޚިދުމަތް ލިބޭނީ ވެބް މެދުވެރިކޮށް ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި ޚިދުމަތަށް ޚާއްޞަ ފޯނު އެޕްލިކޭޝަނެއްވެސް ތަޢާރަފުކުރާނެ ކަމަށެވެ.

މީގެ އިތުރުން، ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރުގެ ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށްވެސް ޚިދުމަތް ލިބޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައްޔިތުންގެ ޝަކުވާތައް ހުށަހެޅުމަށް 24 ގަޑިއިރު ޚިދުމަތްދޭނެ ވަކި އޮފީހެއް ޤާއިމުކުރާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ، މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ބިއުރޯގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަޤާމަށް ޑރ. މާހިދު ޝަރީފް ވަނީ ކުރިން އައްޔަންކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު