Tuesday, November 17
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރާ ޖަލްސާއަށް ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް މިއަދު ތިން އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބާއްވާ ހާއްސަ ޖަލްސާގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވައިފިއެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީ.އެން.ސީން ބުނީ، އެ ޖަލްސާ ފަށާނީ މިރޭ 20:00 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކަމަށެވެ. ވީހާވެސް ގިނަ ރައްޔިތުން ޖަލްސާގައި ބައިވެރިވުމަށް ޕާޓީން ވަނީ އެދިފައެވެ.

ޖަލްސާގައި ވޭތުވެދިޔަ ތިން އަހަރު ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި ހޯދާފައިވާ ކާމިޔާބީތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރާނެއެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ޖަލްސާގައި ސަރުކާރުގެ ކާމިޔާބީތަކާ ގުޅޭ ހާއްސަ ޕްރެޒެންޓޭޝަނެއް ރައީސް ދެއްވާނެ ކަމަށާއި، އެ ޕްރެޒެންޓޭޝަންގެ ތެރެއިން ކުރިއަށް ރާވާފައި ހުރި ކަންކަން ވެސް ރައީސް ހިއްސާކުރައްވާނެ ކަން ފާހަގަކުރިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު