Tuesday, November 17
ސަރފިންގ ސްޓޭޑިއަމްގެ މަސައްކަތް ބާރަށް ކުރިއަށް، ވައުދާ އެއްގޮތަށް ނިންމައި ހަވާލުކުރާނަން: ރައީސް

މާލޭގެ ސަރފިންގ ކޮމިއުނިޓީއަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، މާލޭގައި ތަރައްގީކުރަމުންދާ ސަރފިންގ ސްޓޭޑިއަމްގެ މަސައްކަތް ނިންމައި ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސްޓޭޑިއަމްގެ މަސައްކަތް މިހާރު ކުރިއަށްދަނީ ވަރަށް ބާރު ދުވެލީގައި ކަމަށެވެ. އެ ޕޯސްޓާއެކު، މަސައްކަތް ގޮސްފައިވާ މިންވަރު ދައްކުވައިދޭ ފޮޓޯތަކެއް ވެސް ރައީސް ވަނީ ޢާންމުކުރައްވާފައެވެ.

ކުޅިވަރަށް މުހިންމު މި ވަސީލަތް ފުރިހަމަކޮށް ސަރފިންގ ކޮމިއުނިޓީއާ ހަވާލުކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މީގެ އިތުރުން، އެހެނިހެން ކުޅިވަރުތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަޝްރޫޢުތައް ވެސް މިހާރު ރަނގަޅު ދުވެލީގައި ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި ނެޓްބޯޅަ ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ވެސް މި ހަފްތާގައި ވަނީ ފަށާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު