Monday, November 16
ޕެންޝަން އޮފީހުގެ ސީއޯއޯ ޝިއުނާ މަޤާމުން ވަކިކޮށްފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަޤާމުގައި ހުންނެވި މަރިޔަމް ޝިއުނާ އެ މަޤާމުން ވަކިކޮށްފިއެވެ.

ޝިއުނާ މަޤާމުން ވަކިކުރިއިރު، މިދިޔަ ސެޕްޓެމްބަރު 23 އިން ފެށިގެން އޭނާ ހުންނެވީ ސަސްޕެންޝަނުގައެވެ.

ޕެންޝަން އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރ ޝަމްޢާން ޝާކިރު ސަބަބު އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޝިއުނާ ވަޒީފާއިން ވަކިކޮށްފައިވަނީ، އެ އޮފީހުގެ މުވައްޒަފުން އަމަލުކުރަންޖެހޭ ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވެގެން ކަމަށެވެ.  އަދި އެކަމުގެ ފުރިހަމަ ތަޙްޤީގުކުރުމަށްފަހު، ޝިއުނާއަށް ޖަވާބުދާރީވުމަށް ފުރުޞަތު އެ އޮފީހުން ދީފައިވާކަން ވެސް ޝަމްޢާން ފާހަގަކުރެއްވިއެވެ. 

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަޤާމާ ޝިއުނާ ހަވާލުވެވަޑައިގަތީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.

އޭގެ ކުރިން ޝިއުނާ ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސްކަމާއި، ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމު ވެސް ފުރުއްވާފައެވެ.

ޝިއުނާ ވަނީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު