Monday, November 16
ޕީއެންސީއާ ގުޅިގެން މަސައްކަތްކުރަން ނިންމީ ދީނުގެ ކަންކަން ހަރުދަނާކުރުމަށް: ޝިފާން

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު މަސައްކަތްކުރަން އަދާލަތު ޕާޓީން ނިންމީ ސަރުކާރުން ދީނުގެ ކަންކަން ހަރުދަނާކޮށް، ޤައުމުގެ އިޤްތިޞާދު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް މުޙައްމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ދެ ޕާޓީ ގުޅިގެން މަސައްކަތްކުރުމުގެ ކޯލިޝަން އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޝިފާން ވިދާޅުވީ، މި ނިންމުމަށް އައީ ޕާޓީގެ މަޝްވަރާ މަޖިލީހާއި، އެކި އަތޮޅުތަކުގައި ތިބި ޕާޓީގެ މެންބަރުންނާ މަޝްވަރާކުރުމަށްފަހު ކަމަށެވެ.

އަދުލުވެރި އިޤްތިޞާދެއް ބިނާކޮށް، ރަށްތަކަށް ފުރުޞަތު ފަހިކޮށްދީ، ޒުވާނުންނަށް އަމިއްލަ ފަސްގަނޑުގައި މުސްތަޤްބަލު ބިނާކުރެވޭނެ ގޮތް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވާގިވެރިވުމަކީ ވެސް ސަރުކާރާއެކު މަސައްކަތްކުރަން ނިންމި ސަބަބެއް ކަމަށް ޝިފާން ވިދާޅުވިއެވެ.

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒު ކާމިޔާބުކޮށްދިނުމަށް އަދާލަތު ޕާޓީއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަޤީންކަން ވެސް ޝިފާން ވަނީ ދެއްވާފައެވެ.

ސަރުކާރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވެ، 2028 ގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް ރައީސް މުޢިއްޒަށް ތާއީދުކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ވަނީ ކުރިން ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު