Monday, November 16
އިމިގްރޭޝަންގެ އާ ބިލުގައި "ރެސިޑެންޓް ވިސާ" ނެތް: މިނިސްޓަރު އިޙްސާން

އިމިގްރޭޝަންގެ ޤާނޫނަށް ގެންނަ އިސްލާހެއްގެ ގޮތުގައި ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް ދޮގުކަމަށާއި، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އާ ބިލުގައި "ރެސިޑެންޓް ވިސާ" ގެ ނަމުގައި އެއްވެސް ވިސާއެއް ހިމެނިފައެއް ނުވާ ކަމަށް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވިދާޅުވީ، ދައުރުކުރަމުންދާ ލިޔުންތަކުގައި ހިމެނޭ އިބާރާތްތަކަކީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށާއި، އެފަދަ އިސްލާހެއް ގެނައުމަށް މޯލްޑިވްސް އިމިގްރޭޝަނުން އެއްވެސް ވަގުތެއްގައި ވިސްނާފައެއް ނުވާ ކަމަށެވެ.

ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވަނީ 50 ސަފުހާގެ މުޅިން އާ އިމިގްރޭޝަން ޤާނޫނެއް ކަމަށާއި، އެ ޤާނޫނުގައި "ރެސިޑެންޓް ވިސާ" ނަމުގައި އެއްވެސް ވިސާއެއް ހިމެނިފައެއް ނުވާ ކަމަށް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނަކީ ރައްޔިތުންނާ ގުޅޭ ހައްސާސް މަސައްކަތްތައް ކުރާ އިދާރާއެއް ކަމަށްވާތީ، އެ އިދާރާއާ ބެހޭގޮތުން ދޮގު މައުލޫމާތާއި ބުހުތާނު ވާހަކަ ނުފެތުރުމަށް މިނިސްޓަރު ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު