Monday, November 16
މެންހަޓަން ހޮޓާ ކައިރީގައި ހުންނަ ވެމްކޯގެ ކުނި ސެންޓަރު ބަދަލުކުރަނީ

ހުޅުމާލޭގައި ދާދި ފަހުން ހުޅުވި މެންހަޓަން ގްރޭންޑް ހޮޓެލް ކައިރީގައި ހުންނަ ވެމްކޯގެ ކުނި ސެންޓަރު އެހެން ތަނަކަށް ބަދަލުކުރަން ނިންމައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ވެމްކޯއިން މިހާރު ބޭނުންކުރާ ސައިޓަކީ އެ ކުންފުނީގެ މަސައްކަތަށް ވަގުތީ ގޮތުން ދޫކޮށްފައިވާ ބިމެއް ކަމަށެވެ.

އެޗްޑީސީއިން ހާމަކުރި ގޮތުގައި، މާސްޓަރ ޕްލޭނުގައި ކަނޑައެޅިފައިވާ ގޮތަށް އެ ސައިޓް ދާއިމީ ބިމަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކުނި ސެންޓަރު ބަދަލުކުރަން ނިންމާފައިވަނީ ހުޅުމާލޭ ފޭސް ތިނެއްގެ ބިމަކަށެވެ.

ވެމްކޯގެ އޮފިޝަލަކު ވިދާޅުވީ، ކުނި ސެންޓަރު ބަދަލުކުރާނެ ތަނެއް ކަނޑައެޅުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން ގެންދާ ކަމަށާއި، އެޗްޑީސީން ތަނެއް ދައްކާހާ އަވަހަކަށް ބަދަލުކުރުމަށް ވެމްކޯއިން ބަލަމުން ދާ ކަމަށެވެ. އަދި ފޭސް ތިނެއްގެ ސަރަހައްދެއްގެ މަޝްވަރާ ކުރަމުން ދާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު