އާދިއްތަ, November 15
މޫސުމީ ބަދަލުތަކާ ގުޅޭގޮތުން މިނިސްޓަރު ޝަރީފް އޮސްޓްރޭލިއާގެ ކޮޕް31 ގެ ޚާއްޞަ މަންދޫބާ ބައްދަލުކުރައްވައިފި

މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ ބައިނަލްއަޤްވާމީ މަސައްކަތްތަކުގައި ރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެކަން، އޮސްޓްރޭލިއާއިން ކޮޕް31 އަށް ކަނޑައަޅާފައިވާ ކަނޑުތަކާ ބެހޭ ޚާއްޞަ މަންދޫބާ ބައްދަލުކުރައްވައި ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު ޢަލީ ޝަރީފް ކަށަވަރުކޮށްދެއްވައިފިއެވެ.

ޚާއްޞަ މަންދޫބު އޮނަރަބަލް އިނިއާ ސެރުއިރާތު އާއެކު ބޭއްވި މި ބައްދަލުވުމުގައި ކޮޕް31 ގެ އޯޝަންސް އެންޑް ޕެސިފިކްގެ ޖެނެރަލް މެނޭޖަރު ލުއާނާ ކޯމެކް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ، ވިލުންތެރިކަން އިތުރުކުރުމަށް އެކުލަވާލާފައިވާ "މިޓިގޭޝަން ވޯކް ޕްރޮގްރާމް" ގެ ތެރެއިން މޫސުމީ މާލީ އެހީތެރިކަން ހޯދުމުގެ މަގުތައް ފަހިކުރުމާއި، މި ދާއިރާއަށް އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓް އިތުރުކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައެވެ.

އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ޤާއިމުކޮށް، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވެސް ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނާޒުކު ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް، ބައިނަލްއަޤްވާމީ މައިދާނުގައި އެކުގައި ވަކާލާތުކޮށް، އެދެވޭ ނަތީޖާއެއް ހޯދުމަށް ގުޅިގެން މަސައްކަތްކުރުމަށް ދެފަރާތުން ވަނީ އެއްބަސްވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު