Saturday, November 14
ގަޑިއިރުތަކަކަށް ހުރިހާ ފްލައިޓެއް ގްރައުންޑްކުރުމަށްފަހު އެމެރިކާގައި އަލުން ދަތުރުތައް ފަށައިފި

އެއާ ޓްރެފިކް ކޮންޓްރޯލް ނިޒާމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެމެރިކާގެ ހުރިހާ ފްލައިޓެއް ގަޑިއިރުތަކަކަށް ގްރައުންޑްކުރުމަށްފަހު، މައްސަލަ ހައްލުކޮށް އަލުން ދަތުރުތައް ފަށައިފިއެވެ.

ވައިގެ ދަތުރުފަތުރާ ބެހޭ މުވާސަލާތީ ނިޒާމަށް މައްސަލަ ދިމާވުމާ ގުޅިގެން، މުޅި ޤައުމުގެ ހުރިހާ ފްލައިޓެއް އެއްގަމުގައި މަޑުޖައްސާލުމަށް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ކުއްލި އަމުރެއް ނެރުނީ، ފަސިންޖަރުންގެ ސަލާމަތާއި ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމަށްޓަކައެވެ.

މި ހާދިސާއާ ގުޅޭގޮތުން ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ މާކްވޭން މުލިން ވިދާޅުވީ، މިއީ ސައިބާ ހަމަލާއެއްގެ ސަބަބުން ދިމާވި ކަމެއް ނޫން ކަމަށާއި، ސެކިއުރިޓީ ނުރައްކަލެއް ކަމަށް ބެލެވޭ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށެވެ.

ދަތުރުތައް ހުއްޓާލުމުގެ ސަބަބުން އެމެރިކާގެ އެއާޕޯޓުތަކުން ގިނަ ފްލައިޓްތަކެއް ވަނީ ކެންސަލްވެ، ލަސްވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު