މާލެއިން ގެއްލިގެން ހޯދަމުންދިޔަ ހއ. ދިއްދޫގެ 32 އަހަރުގެ ޒުވާނާ ހުޅުމާލެއިން ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، ހއ. ދިއްދޫ، އާލިޔާ، އާދަމް އިކްރާމް (32އ) ވަނީ މީގެ އިރުކޮޅެއް ކުރިން ހުޅުމާލެއިން ފެނިފައެވެ. އޭނާ ފެނުނުއިރު ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުނެއެވެ.
އިކްރާމްގެ ހަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ހަބަރެއް ނުވުމުން، އާއިލާގެ ފަރާތުން ވަނީ މިކަން ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.
މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށް ވެސް ބުނެއެވެ.






