Friday, November 13
ކުދި ޖަޒީރާ ޤައުމުތަކަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ޑީޖީ އަމްޖަދު ފާހަގަކުރައްވައިފި

ކުދި ޖަޒީރާ ޤައުމުތަކަށް މާލީ އަދި ފަންނީ އެހީތެރިކަން ހޯދުމުގައާއި، ވިލުންވެރިކަން އިތުރުކުރުމަށް ރޭވިފައިވާ ސިޔާސަތުތައް އަވަހަށް ތަންފީޒުކުރުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ ފާހަގަކުރައްވައިފިއެވެ.

އަމްޖަދު މިކަން ފާހަގަކުރެއްވީ، ކޮޕް31 ސަމިޓުގެ ހަވާސާގައި ޔޫރަޕިއަން ޔޫނިއަނުން އިންތިޒާމުކޮށްގެން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވުޒާރާއިން ހާމަކުރި ގޮތުގައި، މި ޕެނަލް ޑިސްކަޝަން ޚާއްޞަކޮށްފައިވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާއި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގައި މޫސުމީ ބަދަލުތަކަށް ވިލުންވެރި އިޤްތިޞާދަކާއި މުޖުތަމަޢެއް ބިނާކުރުމަށް އެކުގައި ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށެވެ.

އެ ބައްދަލުވުމުގައި އަމްޖަދު މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ، ޤައުމީ ފެންވަރުގައި މޫސުމަށް ހޭނުމަށް ކަނޑައަޅާފައިވާ އިސްކަންދޭ ކަންކަން ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމާ ގުޅޭގޮތުންނެވެ.

މޫސުމީ ބަދަލުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭއިރު، ރާއްޖެއިން އަންނަނީ މިފަދަ ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި ވަރުގަދައަށް ވަކާލާތުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު