Thursday, November 12
ޔޫއެންޑީޕީއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކޮށް، ރައްޔިތުންނަށް ދެމެހެއްޓެނިވި ފައިދާތަކެއް ހޯދައިދިނުމަށްޓަކައި ޔޫއެންޑީޕީއާ އެކު އޮތް ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. މި ޔަޤީންކަން އެމަނިކުފާނު ދެއްވީ ތުރުކީވިލާތުގެ އަންތާލިޔާގައި ބޭއްވުނު ކޮޕް31 ބައްދަލުވުމުގެ ހަވާސާގައި، ޔޫއެންޑީޕީގެ އެޑްމިނިސްޓްރޭޓަރ އެލެގްޒެންޑަރ ޑި ކްރޫއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެފަރާތުގެ މަސްލަހަތު ހިމެނޭ ދާއިރާތައް ކަމަށްވާ ދެމެހެއްޓެނިވި ތަރައްޤީއާއި، މޫސުމީ ވިލުންތެރިކަން އިތުރުކުރުމާއި، ކުރިމަގުގައި އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ޔޫއެންޑީޕީން ރާއްޖެއަށް ޒަމާނުއްސުރެ ދެއްވަމުން ގެންދަވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި، ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ދެފަރާތް ގުޅިގެން މެދުނުކެނޑި މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަން ދެބޭފުޅުން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު