Thursday, November 12
އިތުރު ކޭސްއަކާއެކު ހިމަބިހި ޖެހުނު މީހުންގެ އަދަދު 291 އަށް އަރައިފި

މިދިޔަ ހަފުތާގައި ހިމަބިހީގެ އިތުރު ކޭސްއަކާއެކު ރިޕޯޓުކުރުމާއެކު، މި އަހަރު ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު 291 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު މިހާތަނަށް ހިމަބިހީގެ ވެކްސިން 17،524 މީހަކަށް ދީފައިވެއެވެ.

ރާއްޖޭގައި ހިމަބިހި ނައްތާލާފައިވާ ނަމަވެސް، މި އަހަރު ވަނީ ބަލި ޖެހޭ މީހުން އަލުން ފެންނަން ފަށާފައެވެ.

ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުވާ މީހުންނާއި ބަލި ޖެހިފައިވާ މީހަކާ ދިމާވި މީހުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މާލެ ސަރަހައްދުގައި ދަމަނަވެށި، ހުޅުމާލޭ ހޮސްޕިޓަލް، ސެނެހިޔާ އަދި ވިލިމާލެ ހޮސްޕިޓަލުން، އަދި އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ގަޑިތަކުގައި ވެކްސިންގެ ޚިދުމަތް ލިބޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު