Friday, November 13
ފުރުގާން މިސްކިތުގެ ތެރޭގައި ބަރަހަނާވި މީހަކު އަނެއްކާވެސް ހައްޔަރުކޮށްފި

މާލޭގެ ފުރުގާން މިސްކިތުގެ ތެރޭގައި ބަރަހަނާވި މައްސަލައެއްގައި، މީގެ ކުރިން ވެސް މިސްކިތްތަކަށް ގެއްލުންދިން މައްސަލައެއްގައި ހައްޔަރުކޮށް ދޫކޮށްލި މީހަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ ގ. މާލޭހިޔާ 2، 02-13، އުމުރުން 32 އަހަރުގެ ނައުޝާދު މޫސާއެވެ.

ފުލުހުން ބުނީ، އިއްޔެ ހެނދުނު ލުހާ ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީ ނައުޝާދު ބަރަހަނާވި ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހެޅުނު ކަމަށެވެ. އެ މައްސަލައިގައި ނައުޝާދު ހައްޔަރުކުރި ކަމަށާއި، އެފަދަ ކަމެއް އޭނާގެ ފަރާތުން ތަކުރާރުނުވުމަށް ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނައުޝާދަކީ މީގެ ކުރިން ވެސް ފުރުގާން މިސްކިތުގައި ހުރި ހަތިމުތައް އުކާލައި، މިސްކިތަށް ގެއްލުންދީ، ކަރަންޓު ބޯޑުތަކެއް ހަލާކުކޮށްލި މައްސަލައެއްގައާއި، މިސްކިތުގެ ތެރެއަށް ގަޟާހާޖާކުރި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެކެވެ.

މިސްކިތްތަކަށް ތަކުރާރުކޮށް ގެއްލުންދިން މައްސަލައިގައި ކުށް ސާބިތުވެ، މި މަހުގެ ފުރަތަމަ ދުވަހު ކްރިމިނަލް ކޯޓުން އޭނާއަށް އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް ޝަރީއަތް ނިމެންދެން ބަންދުގައި ހޭދަކުރި މުއްދަތު އަދަބުން އުނިކުރުމުން، ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް ނެތުމުން އޭނާ ދޫކޮށްލިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު