މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ތިންވަނަ ފަހަރަށް ބާއްވާ ކެއްކުމުގެ މުބާރާތް "ރަހަވަރު" ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މި މުބާރާތް އޮންނާނީ އަންނަ މަހުގެ 12 ވާ ހޮނިހިރު ދުވަހު ހުޅުމާލޭގައެވެ. މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅޭނީ މި މަހުގެ 19 ވާ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.
މި އަހަރުގެ މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ތައްޔާރުކުރަން ޖެހެނީ ދެ ބާވަތެކެވެ. އެއީ ބޯވަދިލަމަސް ބޭނުންކޮށްގެން ތައްޔާރުކުރާ ސްޓާޓަރެއް އަދި ކުރުމަސް ބޭނުންކޮށްގެން ތައްޔާރުކުރާ މެއިން ކޯހެކެވެ.
މުބާރާތުން އެއްވަނަ ހޯދާ ޓީމަށް 15،000 ރުފިޔާ، ދެވަނައަށް 10،000 ރުފިޔާ އަދި ތިންވަނައަށް 7،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
ވުޒާރާއިން ބުނީ މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންނާއި ކެއްކުމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތަކަށް ފުރުޞަތު ފަހިކޮށްދީ، މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތުކޮށް، ކާބޯތަކެތީގެ ރައްކާތެރިކަމަށް އެ ދާއިރާއިން ހިއްސާކުރާ މިންވަރު ފާހަގަކޮށް، އައު އުފެއްދުންތަކަށް ހިތްވަރުދިނުން ކަމަށެވެ.
މުބާރާތުގައި ބައިވެރިވެވޭނީ ފޯމު މެދުވެރިކޮށް ކަމަށްވާއިރު، މުބާރާތުގެ ޤަވާޢިދާއި އިތުރު މަޢުލޫމާތު ވުޒާރާއިން ހާމަކޮށްފައިވާ ލިންކުން ލިބެން ހުންނާނެއެވެ.






