Wednesday, November 11
މި މަހުގެ ފުރަތަމަ 9 ދުވަހު ރާއްޖެއަށް 53،683 ފަތުރުވެރިން ޒިޔާރަތްކޮށްފި

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މި މަހުގެ ފުރަތަމަ ނުވަ ދުވަހު ރާއްޖެއަށް 53،683 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މި މަހުގެ މިހާތަނަށް ދުވާލަކު އެވްރެޖުކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ 5،000 އާއި 6،000 އާ ދެމެދުގައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން، ރާއްޖެ އަންނަ ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރަނީ ރިސޯޓުތަކަށެވެ. އޭގެ ފަހުން ގިނައިން ޒިޔާރަތްކުރަނީ ގެސްޓްހައުސްތަކާއި ހޮޓަލްތަކަށެވެ.

ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރެއިން އެންމެ ކުރީގައި މިހާރު އޮތީ ޗައިނާއެވެ. ދެވަނައިގައި ރަޝިއާ އޮތް އިރު، ތިންވަނައިގައި ޔޫކޭ، ހަތަރުވަނައިގައި ޖަރުމަނު އަދި ފަސްވަނައިގައި އިޓަލީއެވެ.

ކުރިން ގިނަ ފަތުރުވެރިން ރާއްޖެ އަންނަ މާކެޓެއް ކަމަށްވާ އިންޑިއާ އަދިވެސް އޮތީ ހަވަނައިގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު