ޖުމްހޫރީ ދުވަހާ ގުޅިގެން ސަރުކާރު ބަންދު ނަމަވެސް، ނޮވެމްބަރު 11 އަދި 12 ވަނަ ދުވަހު މާލެ، ހުޅުމާލެ އަދި އައްޑޫގައި ހުންނަ އިމިގްރޭޝަން އޮފީސްތަކުން ޕާސްޕޯޓުގެ ޚިދުމަތް ދޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، މާލޭގެ އިމިގްރޭޝަން އޮފީހުން ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 09:00 އިން މެންދުރުފަހު 16:00 އަށެވެ. ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އޮފީސްތަކުން ނަންބަރު ދޫކުރާނީ ހެނދުނު 08:30 އިން މެންދުރުފަހު 16:00 އަށް ކަމަށާއި، އައްޑޫ އޮފީހުން ނަންބަރު ދޫކުރާނީ ހެނދުނު 08:30 އިން ހަވީރު 17:00 އަށް ކަމަށެވެ.
މީގެ އިތުރުން، އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ވެސް އޮންލައިންކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ސިއްޙީ ކުއްލި ފަރުވާ ފަދަ މެޑިކަލް އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ، 9555333 އަށް ގުޅައިގެން ޚިދުމަތް ހޯދޭނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.






