ހިޔާނާތުގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު، ހުކުމުގެ ބާކީ އޮތް ބައި ގޭބަންދުގައި ތަންފީޒުކުރުމަށްޓަކައި ރޭ ޖަލުން ގޭބަންދަށް ބަދަލުކޮށްފިއެވެ.
މި ބަދަލު ގެނެސްފައިވަނީ، މިދިޔަ ސެޕްޓެމްބަރު މަހު މެލޭޝިއާގެ ރަސްގެފާނު ނަޖީބަށް ދެއްވި ލުޔާއާ އެއްގޮތަށް، ހުކުމުގެ ބާކީ ބައި ގޭބަންދުގައި ތަންފީޒުކުރެވޭ ގޮތަށެވެ.
ނަޖީބަށް ޖަލު ހުކުމް ކުރެވިފައިވަނީ ސަރުކާރުގެ އިންވެސްޓްމަންޓް ފަންޑެއް ކަމަށްވާ ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ބަރުހާދާ ގުޅޭ ހިޔާނާތުގެ މައްސަލައެއްގައެވެ.
ނަޖީބު ވަނީ 2009 ވަނަ އަހަރުން 2018 ވަނަ އަހަރާ ހަމައަށް މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ.






