Wednesday, November 11
ކާބޯތަކެތި ބަންދުކުރާ ފިލްމުން ޑިއުޓީ ނުނަގާ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފި

މުދާ އެކްސްޕޯޓްކުރުމާއި އިމްޕޯޓްކުރުމާއި ރީއެކްސްޕޯޓްކުރުމުގެ ގަވާއިދަށް އިކޮނޮމިކް މިނިސްޓްރީން އިސްލާހެއް ގެނެސް، ކާބޯތަކެތި ޕެކްކުރުމަށް ބޭނުންކުރާ ކްލިންގް ފިލްމާއި ފުޑް ރެޕިންއަށްވެސް ޑިއުޓީ ނުނަގާނެ ގޮތަށް ހަދައިފިއެވެ.

ގަވާއިދުގެ 30 ވަނަ މާއްދާއަށް ގެނައި މި އިސްލާހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވަނީ އިއްޔެއެވެ. އަދި އެ ބަދަލަށް އަމަލުކުރަން ވަނީ ފަށައިފައެވެ.

އިސްލާހު ގެނެސްފައިވަނީ ގަވާއިދުގެ 30 ވަނަ މާއްދާގެ (ޅ)ގެ (2) ވަނަ ނަންބަރަށެވެ. އެ ނަންބަރުގައި ވަނީ، ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން ޑިއުޓީ ނުނެގޭނެ ތަކެތި ބަޔާންކޮށްފައެވެ.

މީގެ ކުރިން ޑިއުޓީ ނުނަގަމުން އައީ، ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ފިލްމާއި ޝީޓު އަދި ޓިއުބް ރޯލުން އެކަންޏެވެ. ވަގުތީ ގޮތުން ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ ކްލިންގް ފިލްމާއި ފުޑް ރެޕިން، އެ އިސްތިސްނާގެ ތެރޭގައި ނުހިމެނޭނެ ކަމަށް ވެސް ގަވާއިދުގައި ކުރިން ބަޔާންކޮށްފައި އޮތެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު