Tuesday, November 10
މޫސުމުގެ ސަބަބުން މަސްދަޅު ލިބުމުގައި ދިމާވި ދަތިކަން ހައްލުކޮށްފި: މިފްކޯ

މޫސުން ގޯސްވުމުގެ ސަބަބުން މަސްދަޅު ކޭސް އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގައި ދިމާވި ދަތިކަން މިހާރު ހައްލުކޮށްފައިވާ ކަމަށާއި، މަސްދަޅު ކޭސް ވިއްކުމުގައި ހިފެހެއްޓުމެއް ނުގެންގުޅޭ ކަމަށް ސަރުކާރުގެ މަސްކުންފުނި މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން މިކަން ސާފުކޮށްދީފައިވަނީ، ބައެއް ރީޓެއިލް ފިހާރަތަކުން ތެޔޮމަސްދަޅު ކޭސް ލިބުން ދަތިވެ، މިފްކޯގެ ބައެއް އައުޓްލެޓްތަކުން މަސްދަޅު ވިއްކުން ލިމިޓްކޮށްފައިވާ ކަމަށް ވާހަކަ ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

މިފްކޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މަސްދަޅު ލިބުމުގައި މިހާރު އެއްވެސް މައްސަލައެއް ނޫޅޭނެއެވެ. އަދި މިފްކޯގެ ހުރިހާ ފިހާރަތަކާއި އައުޓްލެޓްތަކުން ވަކިވަކި މަސްދަޅާއި މަސްދަޅު ކޭސް ލިބެން ހުންނާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިފްކޯގެ "ފަސްމީރު" އުފެއްދުންތަކުގެ ތެރެއިން ތެޔޮ މަސްދަޅަކީ އެންމެ ޑިމާންޑު ބޮޑު އުފެއްދުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު