Monday, November 9
ކުރީގެ ސަރުކާރުން ބަޖެޓު ހެދީ "ބިރަކާ ނުލައި މަޖާކުރަމުން": ޝުޖާޢު

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ދައުލަތުގެ ބަޖެޓު ތައްޔާރުކުރީ "ބިރަކާ ނުލައި މަޖާކުރަމުން" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވީ، އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓަށް މިއަދު މަޖިލީހުގައި ބަހުސްކުރައްވަމުންނެވެ.

ކުރީގެ ސަރުކާރުން ފަސް އަހަރުގެ ދައުރުގައި ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 200 ބިލިއަން ރުފިޔާ ޚަރަދުކުރި ނަމަވެސް، އެއިން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވަތަ ނަތީޖާއެއް ނުލިބި ހަމައެކަނި ހިނގާފައިވަނީ ވައްކަމުގެ ޢަމަލުތައް ކަމަށް ޝުޖާޢު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ބަޖެޓު ބޮޑުވާ ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން، ހަނގުރާމައިގެ ސަބަބުން ސަބްސިޑީތަކަށް ދައުލަތުން ކުރަންޖެހޭ ޚަރަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށާއި، ކުރީގެ ސަރުކާރުން ނަގާފައިވާ ލޯނުތައް ދައްކަންޖެހިފައިވަނީ މި ސަރުކާރަށް ކަމަށްވެސް ޝުޖާޢު ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު