Monday, November 9
ނ. ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ ޓައިބީމް އެޅުމުގެ މަސައްކަތް ފަށައިފި

ނ. ކެނދިކުޅުދޫގައި ޤާއިމުކުރާ ޕޮލިސް ސްޓޭޝަން ޢިމާރާތުގެ ފައުންޑޭޝަން މަސައްކަތްތަކާއި ފައުންޑޭޝަން ބީމްގެ މަސައްކަތްތައް އެއްކޮށް ނިންމާލައި، މިހާރު ޓައި ބީމްގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދިން ގޮތުގައި މި މަޝްރޫޢުގެ ދަށުން މިހާތަނަށް ވަނީ ފައުންޑޭޝަން އެޅުމުގެ މަސައްކަތާއި، ފައުންޑޭޝަން ބީމް އެޅުމުގެ މަސައްކަތް، އަދި ޓައި ބީމްގެ ޝަޓަރިންގ މަސައްކަތްތައް އެއްކޮށް ފުރިހަމަކޮށްފައެވެ.

މިވަގުތު މަސައްކަތުގެ ސައިޓުގައި ކުރިއަށްދަނީ ޓައި ބީމްތަކުގެ ކޮންކްރީޓް އެޅުމުގެ މަރުޙަލާއެވެ. މި މަސައްކަތް ނިމުމާއެކު، ޢިމާރާތުގެ ދެން ހުރި މަރުޙަލާތަކުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް އެ ކުންފުނިން ބުނެއެވެ.

ނ. އަތޮޅުގައި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢު ނިމުމުން، ކެނދިކުޅުދޫގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތްތައް ލިބިގަތުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު