މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި މިއަދު މެންދުރުފަހު އަލިފާން ރޯވެއްޖެއެވެ.
ފުލުހުން ބުނީ، ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިއަދު މެންދުރުފަހު 15:42 އެހައިކަންހާއިރު ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، ގުދަނުގައި ރޯވި އަލިފާން މިހާރު ވަނީ އެއްކޮށް ނިއްވާލާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.






