އާދިއްތަ, November 8
ޝުހާދު މަރާލި ފަރީދު މެރުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި

ޏ. ފުވައްމުލަކު، ދޫނޑިގަމް އާސްމާންގޭ ޢަބްދުﷲ ޝުހާދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި ކަމަށް އެ ރަށު ކަރަންކާއާގޭ ޙަސަން ފަރީދު މެރުމަށް ކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުން މިއަދު ތާއީދުކޮށްފިއެވެ.

ޖެނުއަރީ 27، 2010 ގެ ރޭ 9:30 އަށް ހަމަވާ އިރު، ފަރީދު އިތުރު ބަޔަކާއެކު ފުވައްމުލަކު ދޫނޑިގަން ބޮޑުފަންނު މަގާއި ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅިއަށް ގޮސް، އެ ސަރަހައްދުގައި ހުރި ފަޅުގޭގެ ފާރުބުރި މަތީގައި ތިބި މީހުންގެ ތެރެއިން ޝުހާދުގެ މެއާ ދިމާލު ކަނާތު އަރިކައްޓަށް ވަޅިން ހަމަލާދީފައިވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އިއްވި ދައުވާގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ބެލުމަށްފަހު ހުކުމް ކުރީ، ގަސްދުގައި މީހަކު މަރާލިކަމުގެ ކުށް ފަރީދުގެ މައްޗަށް ސާބިތުވެ، އޭނާ މެރުމަށެވެ. އެ ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފައިވެއެވެ.

ފަރީދުގެ ފަރާތުން ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. މިއަދު ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ހުކުމް ދަމަހައްޓާ، ފަރީދު މެރުމަށް ކޮށްފައިވާ ހުކުމަށް ތާއީދުކޮށްފިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު