އާދިއްތަ, November 8
މާލީ ލިޔެކިޔުންތައް ފުރިހަމަ ނުވާތީ އަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައި ނުވާތީ، އަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން (އީ.ސީ) ނެރުނު ނޯޓިސްގައި ބުނީ، އަދާލަތު ޕާޓީ ޖޫރިމަނާކުރަން ނިންމީ، އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި، ޕާޓީން ކޮށްފައިވާ އެންމެހައި ޚަރަދުތަކުގެ ތަފްޞީލު ފުރިހަމައަށް ބަލަހައްޓާފައި ނުވާކަމަށް ފާހަގަކޮށްފައިވާތީ ކަމަށެވެ.

ސިޔާސީ ޕާޓީގެ ޤާނޫނުގެ 41 ވަނަ މާއްދާގައި، ސިޔާސީ ޕާޓީތަކުން ކުރާ އެންމެހައި ޚަރަދުތައް ތަފްޞީލާއެކު ބެލެހެއްޓުން ލާޒިމުކޮށްފައިވެއެވެ.

މީގެ އިތުރުން، އަދާލަތު ޕާޓީގެ އޮޑިޓް ރިޕޯޓު އޮޑިޓްކޮށްފައިވާ ފަރާތުން، 2024 ވަނަ އަހަރު ޕާޓީގެ ބައެއް މުދަލާއި ތަކެތީގެ އަގުގެ ގޮތުގައި ހިމަނާފައިވާ އަދަދާ ގުޅޭ ލިޔުންތައް ހުށަހަޅާފައި ނުވާތީ، އެކަންކަން ކަށަވަރުނުކުރެވޭ ކަމަށް ފާހަގަކޮށްފައިވާ ކަމަށް ވެސް އީ.ސީގެ ނޯޓިސްގައި ވަނީ ބަޔާންކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު