Saturday, November 7
ވޭތުވެދިޔަ ހަފުތާގައި ކޯސްޓްގާޑުން 88 މެޑިކަލް އިވެކުއޭޝަން ހަދައިދީފި

ސިއްހީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 88 މެޑިކަލް އިވެކުއޭޝަން ވޭތުވެދިޔަ ހަފުތާގައި ހަދައިދީފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކޯސްޓްގާޑުން ބުނެފިއެވެ.

އެމްއެންޑީއެފުން އާންމުކުރި ހަފުތާ ރިޕޯޓުގައިވާ ގޮތުން، މި އަދަދަކީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު 29 އިން ނޮވެމްބަރު 5 ގެ ނިޔަލަށް ހަދައިދީފައިވާ މެޑިކަލް އިވެކުއޭޝަންގެ އަދަދެވެ.

އެ މުއްދަތުގައި އެންމެ ގިނަ ބަލިމީހުން އުފުލާފައިވަނީ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިންނެވެ. އެ ސްކޮޑްރަންއިން 54 މެޑިކަލް އިވެކުއޭޝަން ހަދައިދީފައިވާއިރު، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން 14، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން 12 އަދި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން 8 މެޑިކަލް އިވެކުއޭޝަން ހަދައިދީފައިވެއެވެ.

ނަމަވެސް މި މުއްދަތުގައި ސީ އެމްބިއުލާންސް މެދުވެރިކޮށް އެއްވެސް މެޑިކަލް އިވެކުއޭޝަނެއް ހަދާފައެއް ނުވެއެވެ.

އޮކްޓޫބަރު 22 އިން 29 އަށް ހިނގި، ކުރީގެ ހަފުތާގައިވެސް ކޯސްޓްގާޑުން ވަނީ 89 މެޑިކަލް އިވެކުއޭޝަން ހަދައިދީފައެވެ.

ރާއްޖޭގައި ސީ އެމްބިއުލާންސާއި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ވެސް ދެމުން އަންނައިރު، އެ ދެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު