Saturday, November 7
މެންހެޓަން ގްރޭންޑް ހޮޓެލް މިރޭ ހުޅުވަނީ

ހުޅުމާލޭގައި އަލަށް ތަރައްގީކުރި މެންހެޓަން ގްރޭންޑް ހޮޓެލް ރަސްމީކޮށް މިރޭ ހުޅުވާނެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި ގޮތުގައި، މި ހޮޓެލް ހުޅުވުން ފާހަގަކުރުމުގެ ގޮތުން މިރޭ ހުޅުމާލޭގައި ހަވާ އެރުވުމާއެކު ބޮނޑިބަތުގެ ފަރިއްކޮޅެއް އޮންނާނެއެވެ.

އެޗްޑީސީން ބުނީ، މި ހަރަކާތް ކުރިއަށްދާނީ މިރޭ 10:00 އިން 10:30 އަށް، ހުޅުމާލޭގައި ހުންނަ މެންހެޓަން ގްރޭންޑް ހޮޓެލް ކައިރީގައެވެ. ހުޅުމާލެ ފޭސް 1 ގައި ހުންނަ ހޮޓެލާވީ ސަރަހައްދުގެ މޫދުގައި ކުލަގަދަ ގޮތެއްގައި ހަވާ އަރުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށްޓަކައި، ހުރިހާ އާންމު ރައްޔިތުންނަށް ދައުވަތުދޭ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ގްރޭޓަރ މާލެ ސަރަހައްދުގައި މިހާތަނަށް ހުޅުވާ އެންމެ ބޮޑު ހޮޓެލް ކަމަށްވާ މެންހެޓަން ގްރޭންޑް ހޮޓެލް، މިރޭ ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވެއްޖެ ކަމަށްވެސް ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު