Saturday, November 7
އައްޑޫގައި ބޭއްވި އޯއެސްއެޗް ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އާ ގުޅިގެން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އިންތިޒާމުކޮށްގެން ބޭއްވި "އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު (އޯއެސްއެޗް) ކޮންފަރެންސް 2026" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ބުދަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޮންފަރެންސަކީ ރާއްޖޭގެ މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި، މުވައްޒަފުންގެ ޞިއްޙަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް އަމާޒުކޮށްގެން ބޭއްވި މުހިންމު ބައްދަލުވުމެކެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި މަހާސިންތާ ބޭއްވީ އައްޑޫ ސިޓީ ހިތަދޫގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އިސް ވެރިންނާއި، ދާއިރާގެ މާހިރުންނާއި، ޞިއްޙީ ޚިދުމަތްތެރިން އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ބައިވެރިވިއެވެ.

ޖުމްލަ 29 ސްޕީކަރުންނާއި ފެސިލިޓޭޓަރުން އަދި ގާތްގަނޑަކަށް 120 ބައިވެރިންނާއެކު ކުރިއަށްދިޔަ މި ކޮންފަރެންސްގައި، މަސައްކަތުގެ މާޙައުލުގައި ދިމާވާ އެކި ނުރައްކާތަކުން ރައްކާތެރިވުމަށާއި، މަސައްކަތްތެރިންގެ ޞިއްޙީ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު