Friday, November 6
ގއ. ކޮލަމާފުށީގައި ފެންބޮޑުވެ ކަރަންޓު ކެނޑިއްޖެ

ގއ. ކޮލަމާފުށީގައި ބޯކޮށް ވާރޭވެހި ގެތަކަށާއި މުއައްސަސާތަކަށް ފެންވަދެ، ކަރަންޓު ކެނޑި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

އެންޑީއެމްއޭ އިން ބުނީ، ރައްޔިތުންނާއި ރަށު ކައުންސިލް ގުޅިގެން ފެންހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު، އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ޕަންޕާއި ގެތަކަށް ފެންވަނުން ހުއްޓުވުމަށް ވެލިބަސްތާ ތައްޔާރުކުރުމަށް ބޭނުންވާ ގޯނި ހިފައިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން މިހާރު ދަނީ އެރަށަށް ދަތުރުކުރަމުންނެވެ.

ކޮލަމާފުށި ކައުންސިލްގެ ރައީސް މުސްއަދު ސައީދު ވިދާޅުވީ، ރޭގެ ފަތިހުން ފެށިގެން ބޯކޮށް ވާރޭ ވެހެން ފަށާފައިވާ ކަމަށެވެ. ހުކުރު ގަޑީގައި ވެސް ބޮޑަށް ވާރޭ ވެހުނުކަމަށާއި، ރަށުގެ ތެރޭގައި ފެންގަނޑު ބޮޑުވެ، ބައެއް ސަރަހައްދުތަކުގައި ކަރަންޓު ވެސް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ވަނީ، މާދަމާއިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު