Saturday, November 7
ވިއެޓްނާމްގެ އާ ނޮން-ރެޒިޑެންޓް ސަފީރު މަރްޔަމް މިދްފާ ފަތްކޮޅު އަރުވައިފި

ހަނޯއީ، 6 ނޮވެމްބަރު 2026: ދިވެހިރާއްޖެއިން ވިއެޓްނާމް އަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު އަލްފާޟިލާ މަރްޔަމް މިދްފާ ނަޢީމް، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ވިއެޓްނާމްގެ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓެރީ އަދި ރައީސް ހިޒް އެކްސެލެންސީ ޓޯ ލާމް އަށް އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހަނޯއީގައެވެ.

ރަސްމިއްޔާތުގައި ވިއެޓްނާމްގެ ރައީސް ޓޯ ލާމް، ފަތްކޮޅު އެރުވި ސަފީރުންނަށް މަރުހަބާ ވިދާޅުވެ، އެބޭފުޅުންގެ މަސައްކަތް ކުރިއަށް ގެންދެވުމުގައި ވިއެޓްނާމް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ސަފީރު މަރްޔަމް މިދްފާ ނަޢީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން، ވިއެޓްނާމްގެ ރައީސް އާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު