ށ. ޅައިމަގަށް މިއަދު ނަގޫރޯޅިއެއް އަރައި، ގޭގެ ފުރާޅުތަކާއި ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، މީހަކަށް އަނިޔާވެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކުރި ގޮތުގައި، ނަގޫރޯޅީގެ ސަބަބުން ޅައިމަގުގެ 4 ވަރަކަށް ގޭގެ ފުރާޅަށާއި ބައެއް ގުދަންތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި ހާދިސާގައި އަނިޔާވި މީހާއަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ނަގޫރޯޅީގެ ސަބަބުން ރަށަށް ލިބުނު ގެއްލުންތަކުގެ ތަފުސީލު ދެނެގަނެ، ގެއްލުން ވަޒަންކުރުމުގެ މަސައްކަތް ޅައިމަގު ކައުންސިލުން މިހާރު ދަނީ ކުރަމުންނެވެ.






