Wednesday, October 28
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފިކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ތަފާސްހިސާބުތަކަށް ބަލާއިރު، މީގެ ތެރެއިން ބޮޑު އިންސައްތައެއް ކަމަށްވާ 74 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ފަތުރުވެރިންގެ އަދަދަކީ 1,282,773 އެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރަށްރަށުގެ ގެސްޓްހައުސްތަކުގައެވެ. އެގޮތުން، 375,306 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، މިއީ މުޅި ޖުމްލަ ފަތުރުވެރިންގެ 21 އިންސައްތައެވެ.

މީގެ އިތުރުން ހޮޓާތަކުގައި 38,911 ފަތުރުވެރިން އަދި ސަފާރީ އުޅަނދުފަހަރުގައި 33,281 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެގޮތުން، ޗައިނާއިން 328,058 ފަތުރުވެރިން، ރަޝިއާއިން 251,214 ފަތުރުވެރިން، އިނގިރޭސިވިލާތުން 133,337 ފަތުރުވެރިން، ޖަރުމަނުވިލާތުން 116,774 ފަތުރުވެރިން އަދި އިޓަލީވިލާތުން 104,140 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި މިވަގުތު ރާއްޖޭގައި 1,299 ތަނެއް ހުޅުވާފައިވާއިރު، މި ތަންތަނުން ޖުމްލަ 69,051 އެނދު ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ނެރެފައެވެ.

ރިސޯޓުތަކުގެ އިތުރުން ރަށްރަށުގެ ގެސްޓްހައުސްތަކަށް ވެސް ފަތުރުވެރިންގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނައިރު، މިއީ ރަށްރަށުގެ އިގްތިސާދަށާއި އާންމު ފަރުދުންގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބެމުންދާ ކަމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު