Monday, November 2
މާފުށީ ޖަލުގައި ދަންޖެހުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފި

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ދަންޖެހިގެން މަރުވި ގ.އެއްތެޔޮމާގޭ ޢަބްދުލްޣަނީ އިސްމާޢީލް (62 އ) ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފިއެވެ.

މިދިޔަ ސެޕްޓެމްބަރު 24 ގައި މަރުވި ޢަބްދުލްޣަނީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވީ އެ މަހުގެ 27 ވަނަ ދުވަހުއެވެ.

ފުލުހުން މިއަދު ބުނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު މި މަހުގެ ދެވަނަ ދުވަހު ހަށިގަނޑު މާލެ ގެނެސް އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ޕޯސްޓްމޯޓަމްއާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފައިވާ ގޮތުން ޢަބްދުލްޣަނީ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުނީ މަރުވި ދުވަހުގެ ހެނދުނު 6:52 ގައެވެ. އެއާއެކު ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި 7:21 ގައި އޭނާ ނިޔާވެފައިވާކަމަށް ޑޮކްޓަރު ކަނޑައަޅުއްވާފައެވެ.

ޢަބްދުލް ޣަނީއަކީ ކުޑަކުއްޖަކަށް ޖިންސީ ހާނިކައެއް ކުރުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

ޢަބްދުލް ޣަނީ ދަންޖެހިގެން މަރުވި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާއިރު، ކަރެކްޝަންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްއިން ވެސް އަންނަނީ މިކަން ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު