Monday, November 2
ފްލޮރިޑާގައި ޖެޓެއް ވެއްޓި، ބޯޓުގައި ތިބި 9 މީހުން މަރުވެއްޖެ

އެމެރިކާގެ ފްލޮރިޑާގައި ޖެޓެއް ވެއްޓި، އޭގައި ތިބި ނުވަ މީހުން މަރުވެއްޖެއެވެ.

އެމެރިކާގެ ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ ވިދާޅުވީ، ބޯޓުގައި ތިބި ނުވަ މީހުންކުރެ އެއްވެސް މީހަކު ސަލާމަތްވެފައި ނުވާ ކަމަށާއި މިއީ ވަރަށް ބިރުވެރި، ހިތާމަވެރި ހާދިސާއެއް ކަމަށެވެ.

ހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯތައް މީސް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯތަކުން ފެންނަނީ ވަރަށް ބާރުމިނުގައި ބޯޓު ބިމަށް ވެއްޓި، މަގުމަތީގައި އަލިފާން ރޯވާ މަންޒަރެވެ.

ހާދިސާ ހިނގި ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކައިރީގައި އުޅޭ ގާތްގަނޑަކަށް 600 މީހުން އެތަނުން ދުރަށް ގެންގޮސް، ހިޔާވަހިކަން ހަމަޖައްސައިދީފައިވެއެވެ. ބޯޓުން ބޭރުގައި ހުރި އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

ހާދިސާ ހިނގި ސަބަބު ހޯދުމަށް އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު އާއި އެފްއޭއޭ ގުޅިގެން ވަނީ ތަހުގީގެއް ފަށާފައެވެ. މި ހާދިސާގައި މަރުވި ނުވަ މީހުންގެ ވަނަވަރު އަދި ހާމައެއް ނުކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު