Monday, November 2
ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމަށް ދިވެހިންގެ ސުލްހަވެރި އޮމާން ގޮތްތައް ހިފެހެއްޓުން މުހިންމު: ރައީސް

ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމަށް ދިވެހިންގެ ސުލްހަވެރި އޮމާން ގޮތްތައް ހިފެހެއްޓުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބާގައި ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ބިންގަލަކީ މިތުރުވެރިކަން ކަމަށާއި، އަދި އެކުވެރިކަމާއި، ހިތްހެޔޮކަމާއި، އަމާންކަމާއި، ރައްކާތެރިކަން ކަމަށެވެ.

މީގެއިތުރުން ރައީސް ވަނީ ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމުގައި ދިވެހިންގެ ސުލްހަވެރި އޮމާން ދިވެހި ގޮތްތައް ހިފެހެއްޓުން ނުހަނު ބޭނުންތެރިކަން ފާހަގަކުރައްވައިފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތު ފުޅާކޮށް، ދިވެހިރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، އިންވެސްޓަރުން ބަލައިގަންނަފަދަ ތަނަކަށް ހެދުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެ އަމާޒު ހާސިލު ކުރަން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

2021 އިން ފެށިގެން ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ އޮކްޓޫބަރު ތިންވަނަ ދުވަހު ގައެވެ. ނަމަވެސް
އޭގެކުރިން ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަމުން އައީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަސްކަމަށްވާ ސެޕްޓެމްބަރު 27 ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު