Monday, November 2
ގުޅިގެން ދީނީ ހަރަކާތްތައް ހިންގުމަށް ޑރ.ޝަހީމް، ސަލަފާ މަޝްވަރާ ކުރައްވައިފި

ދީނީ ހަރަކާތްތައް ހިންގުމުގައި ދެ ފަރާތުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ޖަމްޢިއްޔަތުއް ސަލަފާ މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދެވީ ޑރ. ޝަހީމް މިއަދު ސަލަފާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ބައްދަލުވުމަކީ އެ މިނިސްޓްރީގެ އެދިލެއްވުމަށް ކުރިއަށްދިޔަ ބައްދަލުވުމެއް ކަމަށެވެ. މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވަނީ ދީނީ ހަރަކާތްތައް ހިންގުމުގައި ދެ ފަރާތުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން ކަމަށެވެ.

މިއީ އާއްމުކޮށް ޖަމްއިއްޔާތަކާއި ބައްދަލުކުރާ އުސޫލުން ބޭއްވި ބައްދަލުވުމެކެވެ.

އިސްލާމިކް މިނިސްޓްރީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި އެ މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

ޖަމްޢިއްޔަތުއް ސަލަފްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޝަރީފްއާއި އިތުރު މުވައްޒަފަކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު