Wednesday, October 21
ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތުގެ 23 އިންސައްތަ ނިމިއްޖެ

ކ. ތުލުސްދޫގައި ގާއިމުކުރާ އާ ޕޮލިސް ސްޓޭޝަންގެ އޮފީސް އިމާރާތުގެ ބިންކޮނުމުގެ މަސައްކަތުގެ 23 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނީ، މަޝްރޫއުގެ ސައިޓް ތައްޔާރުކުރުމާއި ފެންސް ޖެހުމުގެ މަސައްކަތް ނިމި، މިހާރު ކުރިއަށްދަނީ އިމާރާތުގެ ބިންގަލުގެ ކޮންކްރީޓް މަސައްކަތްތަކަށް ބިންކޮނުމުގެ މަރުހަލާ ކަމަށެވެ.

ތުލުސްދޫގައި އަޅާ މި ފުލުހުންގެ މަރުކަޒަކީ 38.91 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ވަށައިފާރު ރޭނުމާއި، އިދާރީ އޮފީސް އިމާރާތެއް ހެދުމުގެ އިތުރުން، ބަންދުކުރާ މީހުން ބައިތިއްބާނެ ގޮޅިތަކާއި ވެހިކަލް ގަރާޖެއް ވެސް ގާއިމުކުރެވޭނެއެވެ.

މި މަޝްރޫއު ނިންމުމަށް ތާވަލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައެވެ.

ތުލުސްދޫގައި ފުލުހުންގެ އަމިއްލަ އިމާރާތެއް އެޅުމަށް ނިންމީ، ކުރިން ފުލުހުންގެ މަރުކަޒު ހިންގަމުންދިޔަ ވަގުތީ އިމާރާތް ހުސްކުރުމަށް އެ ރަށު ކައުންސިލުން އެދުމާ ގުޅިގެންނެވެ.

މި މަޝްރޫއަކީ ސަރުކާރުގެ "ސްޕެޝަލް ޕަބްލިކް ޕްރޮޖެކްޓްސް އިނީޝިއޭޓިވް" ގެ ދަށުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއު ނިމުމުން، ކ. އަތޮޅުގައި ފުލުހުން ދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު