Tuesday, October 20
ކޮވެންޓްރީ ބަލިކޮށް، ޓޮޓެންހަމްއިން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ކޮވެންޓްރީ ސިޓީގެ މައްޗަށް 3-1 އިން ކުރިހޯދައި، ޓޮޓެންހަމް ހޮޓްސްޕާއިން ވަނީ މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފައެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ހޯދި މޮޅާއެކު، 2008/09 ވަނަ އަހަރުގެ ސީޒަނުގައި ވިދިވިދިގެން އަށް މެޗުން މޮޅުނުވެ ދެއްކި އެންމެ ދަށް ފެށުމުގެ ރެކޯޑާ އަރާހަމަކުރުމުން އެ ޓީމު ވަނީ ސަލާމަތްވެފައެވެ.

މެޗު ފަށައިގެން ކޮވެންޓްރީގެ ތަޓްސުހިރޯ ސަކަމޯޓޯ އުފެއްދި ނުރައްކާތެރި ހަމަލާތައް ސްޕާސްގެ ޑިފެންސުން ވަނީ ދިފާއުކޮށްފައެވެ. އެހެންނަމަވެސް، މެޗުގެ 14 ވަނަ މިނެޓުގައި ޖޭމްސް މެޑިސަން ކާމިޔާބުކުރި ހިތްގައިމު ލަނޑުން ޓޮޓެންހަމް ވަނީ ލީޑު ނަގާފައެވެ. އޭގެ ފަހުން ޑޮމިނިކް ސޮލަންކޭ ޖެހި ލަނޑެއް އޮފްސައިޑްވުމުގެ ސަބަބުން ބަލައިނުގަތްއިރު، ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ޖެކް ރުޑޯނީ ވަނީ ކޮވެންޓްރީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ސްޕާސްއިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 58 ވަނަ މިނެޓުގައި އުމަރު މަރުމޫޝް ކާމިޔާބުކުރި ލަނޑުންނެވެ. މިއީ އެ ޓީމަށް މިސްރުގެ ފޯވާޑް ޖަހައިދިން ފުރަތަމަ ލަނޑަށްވާއިރު، ލަނޑު ޖެހުމުގެ ކުރިން ފައުލެއް ހިނގިތޯ ވީއޭއާރުން ބެލުމަށްފަހު ވަނީ އެއީ ރަނގަޅު ލަނޑެއް ކަމަށް ނިންމާފައެވެ.

މެޗުގެ ފަހުކޮޅު 526 ދުވަހަށްފަހު އެނބުރި އައި ކުލުސެވްސްކީ ކުޅެން އެރިއިރު، އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ ބެން ޑޭވިސް ޖެހި ލަނޑުން ސްޕާސް ވަނީ ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ. މި މޮޅާއެކު، ފައިދާ ގޯލުގެ ތަފާތުން ކޮވެންޓްރީ ފަހަތަށް ޖައްސާލުމަށްފަހު ސްޕާސް ވަނީ ތާވަލުގެ 16 ވަނައަށް ޖެހިލާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު