Monday, October 19
ސްކޭމެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާންކޮށްފި

ސްކޭމްގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށްޓަކައި، މ. ގޯބިލިގަސްދޮށުގެ / މާލެ، އުމުރުން 54 އަހަރުގެ ސަލީމާ ސަލީމް ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ސަލީމާ ހޯދަނީ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގުކުރަމުންދާ 30،000 ރުފިޔާގެ ސްކޭމެއްގެ މައްސަލައެއްގައެވެ. މި އަންހެން މީހާއަކީ ސްކޭމްކޮށްގެން ހޯދި ފައިސާ ފިހާރައެއްގެ އެކައުންޓަށް ޖަމާކޮށް، މުދަލާ ހަވާލުވާން ދިޔަ މީހާއެވެ.

ދިރިއުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން ސަލީމާ ހޯދަން އިއުލާންކުރީ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ، އަންނަ ހޯމަ ދުވަހު، މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމަށް ސަލީމާއަށް އަންގާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު