އާދިއްތަ, October 18
މަނީ ޗޭންޖިންގ ގަވާއިދާ ޚިލާފުވުމުން އެމްއެސް ފައިނޭންސް ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފި

މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށް މަރުކަޒީ ބެންކުން މިއަދު ފިޔަވަޅު އަޅައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެ ކުންފުނި ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، މަނީ ޗޭންޖިންގ ލައިސަންސް ވަނީ ހިފަހައްޓާފައެވެ.

ބޭރު ފައިސާ ގަނެވިއްކުމުގެ މުޢާމަލާތްތައް ކުރުމުގައި ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. މި ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާ މެދު، ކުރިއަށް އޮތްތާގައި ވެސް އެ އޮތޯރިޓީންނާއި ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު