Monday, November 2
މެކްސިކޯގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ކްލައުޑިއާއަށް ރައީސް ޑރ.މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެ

މެކްސިކޯގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ކްލައުޑިއާ ޝެއިންބައުމްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ވަނީ އެކަމަނާ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީން ދައްކުވައިދެނީ އެކަމަނާގެ ހިންގުންތެރިކަމާއި އެ ގައުމުގެ މުސްތަގުބަލަށް ގެންގުޅުއްވާ ތަސައްވުރަށް ގައުމުގެ ރައްޔިތުން ކުރާ އިތުބާރުކަން ފާހަގަކުރައްވާފައެވެ.

އަންނަ އަހަރަކީ ދިވެހިރާއްޖެއާ މެކްސިކޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައި ގުޅުން ގާއިމުކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެވިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަވާފައި ވަނީ މެކްސިކޯގެ އައު ރައީސާއަށާއި އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވަމުންނެވެ.

ކްލައުޑިއާ ޝެއިންބައުމް އަކީ މެކްސިކޯގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ އަންހެން ރައީސާއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު