Saturday, October 31
ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ސަޢޫދީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ސަޢޫދީ ޢަރަބިއްޔާއާ ދިވެހިރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ވިޔަފާރިއާއި އިގުތިސާދީ އެއްބާރުލުމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިގުތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިހާރު ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ.

ސަޢޫދީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮމާސް އަދި ޖެނެރަލް އޮތޯރިޓީ އޮފް ފޮރިން ޓްރޭޑް ބޯޑްގެ ޗެއާރމަން، ޑރ. މާޖިދު ބިން ޢަބްދުﷲ އަލްޤަސަބީއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވަޒީރު ސަޢީދާއި ޑރ. މާޖިދް ބިން ޢަބްދުﷲ އާ ބައްދަލުކުރައްވައި ވަނީ މަޝްވަރާ ކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ސަޢުދީގެ ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ދެއްވަމުން ގެންދަވާ އަހަމިއްޔަތުކަމާއި، ބާއްވަވާ ގާތް ގުޅުން ފާހަގަކުރައްވައި، ސަޢީދު ވަނީ ދިވެހި ސަރުކާރުގެ ފަރާތުން ސަޢޫދީގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު