Saturday, October 31
ބުރިޖު ހަދާ އެފްކޮންސްގެ މުވައްޒަފަކު ޒަޚަމްތަކާއެކު މަރުވެފައި އޮއްވާ ފެނިއްޖެ

ތިލަމާލެ ބުރިޖު ހަދާ އެފްކޮންސް ކުންފުނީގެ މުވައްޒަފަކު ޒަޚަމްތަކާއެކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ޒަޚަމްތަކާއެކު އޮތް މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް މިއަދު ފަތިހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހާއަކީ ބުރިޖުގެ މަސައްކަތް ކުރާ އެފްކޮންސް ކުންފުނީގެ މުވައްޒަފެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު