Monday, November 2
ރާއްޖެއަށް އެއްބާރުލުންދީ، އެހީތެރިވުމުގައި ޗައިނާއިން އަބަދުވެސް ދެމި އޮންނާނެ: ސަފީރު

ރާއްޖޭގެ ތަރައްގީ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތަށް އެހީތެރިވުމުގައި ޗައިނާއިން އަބަދުވެސް ދެމި އޮންނާނެ ކަމުގައި، އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިން ވިދާޅުވެއްޖެއެވެ.

ޗައިނާގެ 75 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަފީރު ވަން ލީޝިން ވިދާޅުވީ
ރާއްޖެއާއި ޗައިނާއާ ދެ ގައުމުގެ ގުޅުމުގެ ތެރެއިން ރާއްޖޭގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދެވިފައިވާއިރު، ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

ޗައިނާގެ އެހީގައި ހިންގި ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ސިނަމާލެ ބުރިޖާއި، ގެދޮރުވެރިކަމުގެ މަޝްރޫއުތަކާއި، ވެލާނާ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުއާއި ހިމެނޭކަން ސަފީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފައެވެ.

ސަފީރު ވިދާޅުވީ ރާއްޖޭގެ ތަރައްގީ ކުރިއަރުވަން ކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދީ، އެކަމުގައި ޗައިނާއިން އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ. އަދި ރާއްޖެއިން ބައިނަލްއަގުވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ސަފީރު ވަނީ ދެއްވައިފައެވެ.

މީގެއިތުރުން ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ތަރައްގީގެ ރޮނގުން ރާއްޖެއިން އިތުރު ކުރިއެރުންތަކެއް ހޯދާނެކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު