Monday, November 2
އުސްފަސްގަނޑާ ދިމާ ކަނޑުމަތީގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގުކުރަން ފަށަައިފި

އުސްފަސްގަނޑާ ދިމާއިން ކަނޑުމަތީގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގުކުރަން ފަށަައިފިއެވެ.

އުސްފަސްގަނޑާ ދިމާއިން ކަނޑުމަތީގައި މީހަކު މަރުވެފައި އޮތްކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 17:06 ހާއިރުއެވެ.

ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

ފުލުހުން ބުނީ ނިޔާވެފައި އޮއްވާ ފެނުނީ ހ.ވެލަސްފަރުގެ، އިބްރާހިމް ޖައުހަރީ (62 އ) ކަމަށެވެ.

އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޖައުހަރީ މަރުވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު