Saturday, October 31
އުސްފަސްގަނޑާ ދިމާއިން ކަނޑުމަތީގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލޭގެ އުސްފަސްގަނޑާ ދިމާއިން ކަނޑުމަތީގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އުސްފަސްގަނޑާ ދިމާއިން ކަނޑުމަތީގައި މީހަކު މަރުވެފައި އޮތްކަމުގެ ރިޕޯޓު މިއަދު 17:06 ގައި ލިބިގެން، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެއީ ދިވެހި ފިރިހެނެއްކަން މިހާތަނަށް ބެލި ބެލުމުން އެނގޭ ކަމަށާއި، މިހާރު އެ މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އެ މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު